ރަށްވެހިމުވައްޒަފުން
ބޮޑުފޮޅުދޫ ކައުންސިލުގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ރައްޔިތުންގެ މުވައްޒަފެއްކަމުގައިވުމުގެ ފަހުރުވެރި ކަމާއެކު ރައްޔިތުންނަށް ހިދުމަތްކުރާ، ނަޒާހާތްތެރި،ހިތު ލޯތްބާއެކު ރަށާއި ރައްޔިތުންނާއި ރައްޔިތު މީހާއަށް ލާބައާ މަންފާއަށް މަސައްކަތްކުރާ ރައްޔިތުމީހާ ތަކުލީފުތަކުން ދުރުކޮށް އިހްތިރާމާއި ލޯތްބާއެކު އެހީތެރިކަން ފޯރުކޮށް ދިނުމަކީ ފުރަތަމަ ޒިންމާ ކަމުގައި ގަބޫލުކުރާ ތަހުޒީބާއި ތަރައްޤީއަށް ލޯބިކުރާ ޒަމާނީ ވަސީލަތްތައް އެދެވޭގޮތުގައި ބޭނުންކުރާން ދަންނަ ޤާބިލް މުވައްޒަފުންތަކެއްގެ ގޮތުގައި.
ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ޚިދުމަތްތައް ފަސޭހަކުރުމަށްޓަކައި އައު ވެބްސައިޓެއް ތަޢާރަފުކުރުން.
- ކާމިޔާބު ކަމާއެކު ނިމިފައި – %100
ރައްޔިތުން ގޭގައި ތިބެގެން ލުއިފަސޭހަކަމާއެކު ޝަކުވާތަކާއި ޚިދުމަތްތަކަށް އެދި ހުށަހެޅޭނެ ތަފާތު ވަސީލަތްތައް ޤާއިމުކުރުން.
- ޕޯޓަލް ހެދުމުގެ މަސައްކަތް ކުރިއަށްދަނީ
ހޮޓްލައިން ތައާރަފްކުރުން.
- އިދާރީ މަސައްކަތްތައް ނިމި ކަމާއިގުޅޭ މުއާސަލާތީ ޙިދުމަތްދޭ ތަނަށް ހުށައެޅިފައި
މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު މަތިކޮށް، ރައްޔިތުންނަށް ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި ސިލްސިލާ ތަމްރީނު ޕްރޮގްރާމްތައް ކުރިއަށްގެންދިއުން.
- އިމޯޝަނަލް އިންޓެލިޖެންސް ވޯރކިން ސެޝަން ނިމިފައި
- ސިލްސިލާކޮށް އެހެން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ތައްޔާރުވެފައި

