ހިތްގައިމުވެއްޓެއް
ބޮޑުފޮޅުދޫއަކީ ހިތްގައިމު ތަނަކަށްހެދުމަށް ޒަމާނީ ބަދަލުތަކާއެކު އިމާރާތްތަކާއި ،މަގުތަކާއި ޕާކްތަކާއި މައިޒާންތައް ތަރައްޤީކުރުމާއި، އެފަދަ ތަންތަން ބޭނުންކުރުމުގެ އުސޫލުތައް ކަނޑައަޅައި، ޤުދުރަތީ ދިރުންތައް ދެމެހެއްޓުމާއި ދިރުވުމުގެ ސައުޤުވެރިކަން އޮތް މުޖުތަމައަކަށް އުފެއްދުމާއި، ކުންޏަކީ އާއްމުދަނީ ލިބޭނެ ވަސީލަތަކަށް ހަދައި، ލާމަސީލު ގޮތަށް ޑިޒައިންކުރެވި އެންމެހައި ބޭނުންތަކަށް ކައުންސިލުން ދޫކުރާ އެންމެހައި ތަންތަން ފަރުމާކޮށް އެތަންތަން ބިނާކުރުން.
ދިރިއުޅުމުގެ އަސާސީ ބޭނުންތައް ފުއްދައިދިނުމަށްޓަކައި، ދިރިއުޅޭނެ ބަންޑާރަ ގޯތި ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުން.
- ހާލަތު ރިޕޯޓް އެކުލަވާލެވިފައި
- އުސޫލް ގެޒެޓް ކުރުމަށް އެލްޖީއޭއަށް ހުށައެޅިފައި
- އެލްޔޫޕީ ރިވައިޒްކޮށް ކަމާގުޅޭ ވުޒާރާއަށް ހުށައެޅިފައި
ރަށުގެ ބަނދަރު މަލަމަތި ޒަމާނީ ފެންވަރަށް ފަރުމާކޮށް، އަމަލީ މަސައްކަތް ފެށުން.
- ހާލަތު ރިޕޯޓް އެކުލަވާލެވިފައި
- ކޮންސެޕްޓް ޑިޒައިން ނިމި، 3D ވީޑިއޯ ވިޒުއަލް ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށްދަނީ
ކުޑަކުދިންގެ ޕާކުގެ މަސައްކަތް އެއްކޮށް ނިންމައި ބޭނުންކުރަން ފެށުން.
- ހާލަތު ރިޕޯޓް އެކުލަވާލެފައި
- ޕާރކް ޑިޒައިން ނިންމައި އިއުލާންކުރެވިފައި
"ތިންރުއް ޕާކު" ތަރައްޤީކޮށް، އާންމުންނަށް ހުޅުވާލުން.
- ކާމިޔާބު ކަމާއެކު ނިމިފައި – %100
ރަށުގެ ގޮނޑުދޮށް ތަރައްޤީކޮށް، އާއިލީ ގުޅުން ބަދަހިކުރެވޭނެ ފަދަ މޫދަށް އެރުމާއި ޕިކްނިކް ދެވޭނެ ޚާއްޞަ ސަރަޙައްދެއް ތަރައްޤީކުރުމުގެ މަސައްކަތް ފެށުން.
- ސަރުކާރުގެ ކަމާއިގުޅޭ ވުޒާރާތަކާއެކު މަސައްކަތް ކުރެވެމުން ދަނީ
ކައުންސިލްގެ ވެހިކަލްތަކަށް ގަރާޖެއް ހެދުން
- އިއުލާން ކުރެވި މަސައްކަތް ހަވާލުކުރެވިފައި
ކުޅިވަރު ދަނޑުތަކާއި ކޯޓުތައް މަރާމާތުކޮށް، ކުޅުންތެރިންނަށް ފަހި މާހައުލެއް ޤާއިމުކުރުން.
- މަރާމާތަށް ބޭނުންވާ މައުލޫމާތު އެއްކުރެވިފައި
ރަށުގެ ގުދުރަތީ ރީތިކަން ހިމާޔަތްކުރާ ފަދަ ގޮތަކަށް، ގަސް އިންދުމުގެ ހަރުދަނާ އުސޫލެއްގެ ދަށުން މަގުތައް ތަރުތީބުކޮށް ޒީނަތްތެރިކުރުން.
- އުސޫލު ބަދަލުކުރެވި ކަންކަން އިސްލާހް ކުރުމަށް އާންމު ފަރާތްތަކަށް މުއްދަތެއް ދެވިފައި
ވިއްސާރަ މޫސުމުގައި ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ފެންހިންދާ ނިޒާމެއް ޤާއިމުކުރުން.
- ހާލަތު ރިޕޯޓް އެކުވާލެވިފައި
- މަސައްކަތް ބިޑަށް ހުޅުވާލުމުގެ މަސައްކަތް ކުރިއަށް ދަނީ
މަގުތަކަށް ދިޔަދޮވިތައް ދޫކޮށްފައި ހުންނަ ހުރުން ހުއްޓުވައި، އާންމުންނަށް އުނދަގޫނުވާނެހެން މަގުތަކުގެ އިންތިޒާމުތައް ބަދަލުކުރުން.
- ހާލަތު ރިޕޯޓް އެކުލަވާލެވިފައި
- ރައްޔިތުންނާއެކު މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވިފައި
- ހައްލު ކުރުމަށް 08 މަސް ދުވަހުގެ މުއްދަތެއް ދެވިފައި
ޕާސްޕޯޓާއި އައި.ޑީ.ކާޑު ހައްދާ ފަރާތްތަކަށް ލުއިފައްސޭހަ ހޯދައިދިނުމަށް ކައުންސިލްގައި ޕޮޓޯ ސްޓޫޑިއޯ ގާއިމްކުރުން.
- ސްޓޫޑިއޯ ގާއިމްކުރުމުގެ މަސައްކަތް ކުރިއަށް ދަނީ
މިސްކިތްތަކުގެ އާބާތުރަ ފިލުވައި، ބޮޑެތި މަރާމާތުތައް ނިންމައި ދީނީ މާހައުލު ހިތްފަސޭހަކުރުން.
- ހާލަތު ރިޕޯޓް އެކުލަވާލެވިފައި
- މަސްޖިދުލް އީޝާރީ މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ނިމިފައި
- މަސްޖިދުލް ތަޤްވާ މިސްކިތުގެ މަސައްކަތް ކުރިއަށް ދަނީ
ޞިއްޙީ މަރުކަޒުން އެކްސް-ރޭގެ ޚިދުމަތް ލިބޭނެ އިންތިޒާމު ފަހިކުރުމުގެ މަސައްކަތް ފެށުން.
- ހާލަތު ރިޕޯޓް އެކުލަވާލެވިފައި
- ހެލްތް މިނިސްޓްރީއިން އެކްސްރޭ މެޝިން ބެހެއްޓޭނެ ކެޓަގަރީގެ ސިއްހީ މަރުކަޒެއް ނޫންކަމުގައި ބަޔާންކޮށްފައިވާތީ މަސައްކަތް ކުރިއަށް ނުގެންދެވިފައި
ސްކޫލާއި ޞިއްޙީ މަރުކަޒަކީ ޚިދުމަތް ހޯދާ ފަރާތްތަކަށް ހިތްގައިމު ތަންތަނަށް ހެދުމަށްޓަކައި ޚާއްޞަ "އިމްޕްރޫވްމަންޓް ގްރާންޓެއް" ކަނޑައެޅުން.
- ހާލަތު ރިޕޯޓް އެކުލަވާލެވިފައި
- އުސޫލު އެކުލަވާލެވި އާންމު ކުރެވިފައި
- ގްރާންޓްގެ ދަށުން ސްކޫލަށް ބޭނުންވާ ފަރުނީޗަރ ވަނީ ހަވާލުކުރެވިފައި
- ގްރާންޓް އުސޫލުގެ ދަށުން ސިއްހީ މަރުކަޒަށް ވެއިން ޑިޓެކްޓަރއެއް ހަދިޔާ ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ
ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށްޓަކައި "އައުޓްޑޯ ޖިމް" ގެ ޚިދުމަތް ދިނުން
- ހާލަތު ރިޕޯޓް އެކުލަވާލެވިފައި
- ކަމާއިގުޅޭ ވުޒާރާއާއެކު މަޝްވަރާކުރެވި ކައުންސިލުން ތަކެތި ފޯރުކޮށްދިނުމަށް ނިންމާފައި
ހޭންޑްބޯލް ކޯޓުގެ އަމަލީ މަސައްކަތް ފެށުން.
- ހާލަތު ރިޕޯޓް އެކުލަވާލެވިފައި
- އެލްޔޫޕީ ރިވައިޒް ކުރެވި ހޭންޑްބޯލް ކޯޓް އެޅުމަށް އައު ސަރަހައްދެއް ކަނޑައެޅިފައި
ކުޅިވަރު ދަނޑުތަކުގައި ބައްތި ހަރުކުރުމުގެ (ލައިޓް ޕްރޮޖެކްޓް) މަސައްކަތް ނިންމުން.
- ހާލަތު ރިޕޯޓް އެކުލަވާލެވިފައި
- ލައިޓް ޖެހުމުގެ މަސައްކަތަށް ކަމާއިގުޅޭ ވުޒާރާއާއި މަޝްވަރާކުރެވި ޓެކްނިކަލް މައްސަލަތައް ހައްލުކުރުމުގެ މަސައްކަތްތައް ކުރިއަށްދަނީ
ޒަމާނީ ފިޓްނަސް ސެންޓަރެއްގެ ޚިދުމަތް ޤާއިމުކުރުން.
- ހާލަތު ރިޕޯޓް އެކުލަވާލެވިފައި
- ކަމާއިގުޅޭ ވުޒާރާއާއި ގުޅިގެން ތަނަށް ބޭނުންވާ ވަސީލަތްތައް ހޯދުމުގެ މަސައްކަތް ކުރިއަށްދަނީ
500 ގަސް އިންދުމުގެ މަސައްކަތް ފެށުން
- 250 ގަސް ވަނީ އިންދިފައި
- 250 ގަސް އިންދުމަށް ޝެޑިއުލް ކުރެވިފައި
ހިނަވާގޭގެ މަސައްކަތް ފެށުން
- ހާލަތު ރިޕޯޓް އެކުލަވާލެވިފައި
- އަމަލީ މަސައްކަތް ފެށިފައި

