ހަށިހެޔޮ ރައްޔިތެއް
ބޮޑުފޮޅުދޫގައި ދިރިއުޅޭ އެންމެހައި ރައްޔިތުންނަކީ ރަނގަޅުކާނާ ބޭނުންކުރުމަށް ލޯބިކުރާ،ކަސްރަތުކުރުމާއި ކުޅިވަރަށް ލޯބިކުރާ އެފަދަ ގިނަ ހަރަކާތްތަކެއް ރޭވި އިންތިޒާމްކުރެވިގެން ހިނގާ، ހަރަކާތްތަކުގައި ބައިވެރިވާ، އުފާވެރި ދުޅަހެޔޮ ރައްޔިތުންތަކެއްގެ ދިރިއުޅޭ ދުޅަހެޔޮ މުޖުތަމައުއަކަށް ހެދުން.
ރަށު ފެންވަރުގައި ދެޖިންސްއަށް ވޮލީ ބޯލް މުބާރާތަކާއި ރަށު ރަށްވެހިންނަށް ފުޓްސަލް މުބާރާތަކާއި ބަށި މުބާރާތެއް ހިމެނޭހެން " ސްޕޯޓްސް ފެސްޓިވަލްއެއް" ކުރިއަށް ގެންދިއުން.
- ދެޖިންސަށް އަމާޒުކޮށް ކުރިއަށް ގެންދެވުނު ވޮލީ މުބާރާތް – %100
- ފުޓްސަލް މުބާރާތުގެ އިދާރީ މަސައްކަތް ވަނީ ފުރިހަމަކުރެވިފައި، އެފްއޭއެމް ފުޓްސަލް މުބާރާތާއި ގުޅިގެން މުބާރާތް ވަނީ ފަސްކުރެވިފައި
- ބަށި މުބާރާތުގެ އިދާރީ މަސައްކަތްތައް ނިމި، މުބާރާތް ފެށުމަށް 07 އޮގަސްޓް 2026 ށް ޝެޑިއުލް ކުރެވިފައި
އިސްލާމީ ސަޤާފަތާއި އާދަކާދައިގެ މަތިން ބޮޑު އީދު ކުލަގަދަކޮށް ފާހަގަކުރުން.
- ކާމިޔާބުކަމާއެކު އެންމެހައި ހަރަކާތްތައް ކުރިއަށް ގެންދެވިފައި – %100
އުކާލެވޭ ތަކެތިން އިޤްތިޞާދީ މަންފާ ހޯދޭނެ ނިޒާމެއް ތަޢާރަފުކުރުން.
- ޓްރެއިނިންގ ހިންގައިދޭނެ ފަރާތެއް ހޯދިފައި
- ޓްރެއިނިންގ ކުރިއަށް ގެންދިއުމަށް އޮގަސްޓް މަހަށް ޝެޑިއުލް ކުރެވިފައި
ގޭބިސީތަކުން ފަސޭހަކަމާއެކު ކުނި ނެގޭނެ އިންތިޒާމެއް ހަމަޖެއްސުން.
- ޕިކަޕެއް ހޯދުމަށް އިއުލާން ކުރެވިފައި
- އިތުރަށް ބޭނުންވާ މުވައްޒަފުން ނެގުމުގެ މަސައްކަތް ކުރިއަށްދަނީ
- ސެޕްޓެމްބަރ މަހުގައި ފެށުމަށް ޝެޑިއުލް ކުރެވިފައި
ރައްޔިތުންނަށް ހެލްތް އިންސިއުރެންސް ސްކީމެއް ޤާއިމްކުރުމުގެ މަސައްކަތް ފެށުން.
- އިންސިއުރެންސް ކޮމްޕެނީތަކާއެކު މަޝްވަރާ ބައްދަލުވުންތައް ކުރިއަށް ގެންދެވިފައި
- އިންސިއުރެންސް ކޮމްޕެނީއިން ޕްރޮޕޯސަލް ހުށައެޅުމުން ރައްޔިތުންނަށް މައުލޫމާތު ހިއްސާކޮށް ސެޕްޓެމްބަރ މަހު ކުރިއަށް ގެންދިއުމަށް ޝެޑިއުލް ކުރެވިފައި

