މައި ކޮންޓެންޓަށް ދިޔުން
+960 666 0900

ބޮޑުފޮޅުދޫގައި ރަށްވެހި ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި: 30 އަހަރަށް ފަހު ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އއ. ބޮޑުފޮޅުދޫގައި މިއަހަރުގެ ރަށްވެހި ދުވަސް ވަރަށް ކުލަގަދަ އަދި ފޯރިގަދަ ހަރަކާތްތަކަކާއެކު ފާހަގަކޮށްފިއެވެ. މި ދުވަހުގެ ހަރަކާތްތައް ފެށިގެން ދިޔައީ ހެނދުނު ބޭއްވި ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތުންނެވެ. މި ރަސްމިއްޔާތުގައި ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމ) އާއި، ރަށުގެ އެކި މުއައްސަސާތަކުގެ ވެރިންނާއި މުވައްޒަފުންގެ އިތުރުން ސްކޫލް ދަރިވަރުންނާއި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވިއެވެ. ދިދަ ނެގުމުގެ ރަސްމިއްޔާތަށްފަހު އެންމެހައި ބައިވެރިންނަށް ހާއްސަ ހެނދުނުގެ ނާސްތާއެއް (ސައެއް) ވަނީ އަރުވާފައެވެ. ދުވަހުގެ ކުޅިވަރު ހަރަކާތްތަކުގެ ތެރެއިން ހެނދުނު 09:00 ގައި ވަނީ އަންހެނުންނާއި ފިރިހެނުންގެ މެދުގައި ކުޅެވުނު ހާއްސަ ފޯރިގަދަ ބަށި މެޗެއް ބާއްވާފައެވެ. ވާދަވެރި ކުޅުމަކަށްފަހު މި މެޗު ކާމިޔާބުކުރީ އަންހެނުންގެ ޓީމެވެ. ހަވީރުގެ ވަގުތު ހާއްސަކުރެވުނީ ކުޑަކުދިންގެ ސަގާފީ ހަވީރަށެވެ. މި ހަވީރަށް ދިވެހި ސަގާފީ ހެދުމުގައި އައި ކޮންމެ ކުއްޖަކަށް ހޫނު މަރުހަބާއެއް ކިޔައި، ހާއްސަ ހަދިޔާއެއް ދީފައިވެއެވެ. މި ހަވީރުގައި ކުދިންގެ ސަގާފީ ފެޝަން ޝޯއަކާއި، ޕްރީ ސްކޫލް ދަރިވަރުންގެ ފުރިހަމަ ސްޓޭޖް ހަރަކާތްތަކެއްގެ އިތުރުން ދުވަހުގެ ހާއްސަ ކެރެކްޓަރތައް ދައްކާލުމާއި، މިއުޒިކަލް ޕާސް ފަދަ ޝައުގުވެރި ކުޅިވަރުތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ހަވީރުގެ ބައިވެރިންނަށް ހާއްސަ ކެންޓީނެއްގެ ހިދުމަތްވެސް ލިބިގެންދިޔައެވެ. ރަށްވެހި ދުވަހުގެ ރަސްމީ ޖަލްސާ ބާއްވާފައިވަނީ ރޭގަނޑު 20:30 ގައެވެ. މި ޖަލްސާގައި ކައުންސިލްގެ ރައީސް ވަނީ ދުވަހާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. މި ޖަލްސާގައި ރަށްވެހި ދުވަހުގެ ހާއްސަ ލަވަ އިފްތިތާހުކޮށް، ދުވަހުގެ ހާއްސަ ރިޕޯޓް ވަނީ ހުށަހަޅާފައެވެ. މީގެއިތުރުން، ފަތުރުވެރިކަމުގެ ދުވަހާވެސް ގުޅުވައިގެން، ރަށުގެ ގެސްޓްހައުސްތަކުގައި ތިބި ފަތުރުވެރިންނަށް ދައުވަތު ދީގެން ރަށްވެހި ދުވަހުގެ ލަވައަށް ތައްޔާރުކުރެވުނު ހާއްސަ ނެށުމުގެ އައިޓަމެއް ހުށަހަޅައިދިނެވެ. މި ޖަލްސާގެ ތެރެއިން ކައުންސިލްގެ އައު ވެބްސައިޓްވެސް ވަނީ ރަސްމީކޮށް ލޯންޗްކޮށްފައެވެ. މި ޖަލްސާގެ އެންމެ ފާހަގަކޮށްލެވުނު އަދި ރައްޔިތުން އެންމެ އުފާވި ކަމަކީ "ޒަމާނަކަށް ފަހި އައި ޒަމާނެއް" ގެ ނަމުގައި ކުރިއަށް ގެންދިޔަ ހަރަކާތެވެ. އެގޮތުން ވޭތުވެދިޔަ 30 އަހަރަށް ފަހު، ބޮޑުފޮޅުދޫއިން އަލަށް ބަންޑާރަ ގޯއްޗަށް އެދި ކުރިމަތިލުމުގެ ފުރުސަތު ވަނީ ރަސްމީކޮށް ހުޅުވާލާފައެވެ. ރަށްވެހި ދުވަހުގެ މުނާސަބަތުގައި ދުވަހާ ގުޅޭ ހާއްސަ ޑްރާމާއެއް ސްޓޭޖްމަތީގައި ދައްކާލެވުނުއިރު، މުޅި އިވެންޓް ނިންމާލާފައިވަނީ ރަށުގެ އެންމެހައި ރައްޔިތުން ބައިވެރިވި ކުލަގަދަ "ރަށްވެހި ކޭން" އަކުންނެ
ބޮޑުފޮޅުދޫ ކައުންސިލް

ރަށުގެ ޑިޖިޓަލް ޚިދުމަތްތަކުގެ ދޮރޯށި

ކައުންސިލް