މައި ކޮންޓެންޓަށް ދިޔުން
+960 700 1234

ކައުންސިލްގެ އައު ޢިމާރާތުގެ ވަށާފާރު ރޭނުމަށްޓަކައި ކަނޑާލަންޖެހޭ ރުއްގަހާއި ގުޅޭ

29 · 2026-07-30

މިރަށުގައި ޢިމާރާތްކުރަމުންދާ ކައުންސިލްއިދާރާގެ އައުޢިމާރާތުގެ ގޯތީގެ ވަށާފާރު ރޭނުމަށްޓަކައި މަގުފާރަށް އަރާގޮތަށް ހުރި ރުއްގަސް ކަނޑާލަންޖެހެއެވެ. މިރުއްގަސްތަކުގެ ތެރޭގައި އަމިއްލަފަރާތެއްގެ ރުކެއް ނުވަތަ ގަހެއް ވާނަމަ، އެރުކެއް ނުވަތަ ގަހެއްގެ ވެރިފަރާތުން 2026 އޮގަސްޓް 6 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިކައުންސިލަށް ވަޑައިގެން ރުއްގަސް ކަނޑާނެގުން ނުވަތަ ބަދަލުނެގުމުގެ ކަންކަން ކުރެއްވުމަށް ދަންނަވަމެވެ. ރުއްތަކުގެ ތަފްސީލް:- 1- ބީޗްވިޔު (ފާޠިމަތު ޝަހީމާ) ގޯތީގެ އިރުއުތުރުކަންމައްޗާ ދިމާލުގައި މެދުމިނަށްގަންނަ 1 ރުއް 2- އުދަރެސް (ޢަބްދުލް ޣަފޫރު) ގޯތީގެ އިރުއުތުރުކަންމައްޗާ ދިމާލުން މަތިވަރުހުސްވެފައިވާ 2 ރުއް ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.

ލިޔެކިޔުންތައް

ކައުންސިލްގެ އައު ޢިމާރާތުގެ ވަށާފާރު ރޭނުމަށްޓަކައި ކަނޑާލަންޖެހޭ ރުއްގަހާއި ގުޅޭ

iulaan

ބައްލަވާޑައުންލޯޑް
ކައުންސިލްގެ އައު ޢިމާރާތުގެ ވަށާފާރު ރޭނުމަށްޓަކައި ކަނޑާލަންޖެހޭ ރުއްގަހާއި ގުޅޭ — ބޮޑުފޮޅުދޫ ކައުންސިލް