ބޮޑުފޮޅުދޫ ކައުންސިލް
ރައްޔިތުންގެހިދުމަތުގައި އަބަދުވެސް
އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލް
އަރިއަތޮޅު އުތުރުބުރީ (އަލިފު އަލިފު) ބޮޑުފޮޅުދޫ ކައުންސިލަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ބޮޑުފޮޅުދޫގެ ތަރައްގީއާއި، އާންމު ހިދުމަތްތައް ފޯރުކޮށްދިނުމުގެ އެންމެހައި މަސްއޫލިއްޔަތުތައް އުފުލާ އިދާރާއެވެ. ބޮޑުފޮޅުދޫއަކީ އއ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ފަތުރުވެރިކަމާއި އިޖުތިމާއީ ހަރަކާތްތަކުގައި ފާހަގަކޮށްލެވޭ ރަށެކެވެ.
ކައުންސިލްގެ މުހިންމު މަސްއޫލިއްޔަތުތައް:
ރަށުގެ ތަރައްގީގެ މަޝްރޫއުތައް ރޭވުން
ރަށުގެ އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީގެ ޕްލޭންތައް އެކުލަވާލައި، އެ ޕްލޭންތައް ތަންފީޒުކުރުން.
އާންމު ހިދުމަތްތައް ދިނުން
ރަށުގެ މަގުތަކާއި އާންމު ތަންތަން ބެލެހެއްޓުމާއި، ކުނި މެނޭޖުކުރުމުގެ ނިޒާމު ހިންގުމާއި، ރަށުގެ ކަންކަން ތަރުތީބުކޮށް ބެލެހެއްޓުން.
ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުން
ރަށުގެ ތަރައްގީގެ ނިންމުންތަކުގައި ރައްޔިތުންގެ ހިޔާލާއި ބައިވެރިވުން ހޯދައި، ހުޅުވާލެވިގެން މަސައްކަތްކުރުން.
އިޖުތިމާއީ އަދި އިގްތިސާދީ ކުރިއެރުން
ރޯކަލް ޓޫރިޒަމް (ގެސްޓްހައުސް ވިޔަފާރި) ކުރިއެރުވުމަށާއި، ކުދި އަދި މެދު ފަންތީގ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކޮށްދިނުން.
